Recipes in Dhivehi | Lonumedhu

Recipes in Dhivehi

ރިހާކުރު ފޮޅި

 

އަހަރުމެން ރިހާކުރު ފޮޅިކޮޅެއް ނުކާތާ މިރާހު ފުދޭވަރަކަށް ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވީމާ މިފަހަރު މިއޮތީ އެރެސިޕީއެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 7 ބޮޑު ފޮޅިއެވެ.

 

ބޭނުންވާ ތަކެތި:

1 ބޮޑު ފިޔާ

5 ހިކަނދިފަތް

1 ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)

½ ލުނބޯ

¼ ސައިސަމުސާ ގާނާފައިވާ އިނގުރު

1/3 ޖޯޑު ހުނި

¼ ސައިސަމުސާ ރީނދޫ

½ ސައިސަމުސާ މުގުރި ދިރި

1 މަސްދަޅު

½ ޖޯޑު ރިހާކުރު

½ ޖޯޑު މުރަނގަފަތް

½ ޖޯޑު ހަނޑޫފުށް (ހިމުން)

½ ޖޯޑު އާދައިގެ ފުށް

3 ބިސް

¼ ޖޯޑު ފެން

½ ސައިސަމުސާ ލޮނު (ބޭނުންނަމަ)

 

ހަދާނެގޮތް:

1. ފިޔައާއި، ހިކަނދިފަތާއި، ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ.

2. ދެން ކޮށި ސާމާނު ބޯތަށްޓަކަށް އަޅާފައި ލުނބޯހުތްކޮޅު އޭގެ ތެރެއަށް ފިތާލާފައި ރަނގަޅަށް މޮޑެލާށެވެ.

3. ދެން އިނގުރުކޮޅާއި، ހުނި، ރީނދޫ އަދި ދިރިކޮޅު ބޯތަށްޓަށް އަޅައިފައި މޮޑެލާށެވެ. ދެން މަސްދަޅު އަޅާފައި ރަނގަޅަށް އެއްވަންދެން އަނެއްކާވެސް މޮޑޭށެވެ.

4. ރިހާކުރާއި މުރަނގަފަތްކޮޅު ބޯތަށްޓަށް އަޅާށެވެ. ދެން އުލެއް ނުވަތަ ސަމުސަލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

5. ދެން ހަނޑޫ ފުށާއި، އާދައިގެ ފުށާއި، ފެނާއި، ބިސްކޮޅު ބޯތަށްޓަށް އަޅާ އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ. ބިސްކޮޅު ބޯތަށްޓަށް އަޅާނީ އެހެން ތަށްޓެއްގައި ފުރަތަމަ ގިރާލުމަށް ފަހުގައެވެ.

6. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ރަހަބަލާލާފައި ބޭނުންވާ ބަދަލެއް ގެންނާށެވެ. އަހަރުމެން ރަހަބަލާލިއިރު ކުޑަކޮށް ލޮނު މަޑުހެން ހީވުމުން ލޮނުކޮޅެއް އަޅާލީމެވެ.

7. ތަވައެއް ހޫނު ކުރާށެވެ. ކުޑަ ތެޔޮކޮޅެއްވެސް އޭގައި ޓިޝޫކޮޅެއް ބޭނުން ކޮށްގެން އުނގުޅާލާށެވެ. އެއީ ފޮޅި ފިހޭއިރު ތަތްލިޔަ ނުދިނުމަށެވެ.

8. ތަވާ ރަނގަޅަށް ހޫނުވުމުން، އެއްކުރި ސާމާނުގެ އެތިކޮޅެއް އުނދުޅިއަކުން (އަހަރުމެން ގެންގުޅުނު އުނދުޅިން ނެގެނީ ގާތްގަނޑަކަށް 2 މޭޒުމަތީ ސަމުސާވަރު) ނަގައި ތަވާ މެދަށް އަޅާފައި އުނދުޅީގެ އަނެއް ފުށް ބޭނުން ކޮށްގެން ވަށްކޮށް މަޑުމަޑުން ފަތުރާލާށެވެ.

9. ފޮޅި ކުޑަކޮށް އަރިމަތިން ނެއްޓޭގޮތް ވީމާއި ކުޑަކޮށް ހިތްލާލާފައި އަޑިއޮތީ ރަންމުށިކުލަ އަރާ ވަރަށް ފިހެވިފައިތޯ ޗެކްކުރާށެވެ. ފިހެވިފައިވާނަމަ ބިސްގަނޑު ފަތްޖަހާ ގޮތަށް މެދުން އެއްފަހަރު ފަތްޖަހާލާފައި ތަވައިން ފޮޅި ނަގާށެވެ. މިގޮތަށް ފޮޅިތައް ފިހެ އެއްކުރި ސާމާނު ހުސްކޮށްލާށެވެ.

އިތުރު ރެސިޕީތައް

މަސާލާ ސައި

 

މިފަހަރު މިއޮތީ މިއަދުހެން ކުޑަކޮށް ފިނިކޮށް އޮންނަ ދުވަސްތަކުގައި ބޯލަން ކަމުގޮސްފާނެ ސައެއް ކަމުގައިވާ މަސާލާ ޗައިގެ ރެސިޕީއެވެ.

 

 މިރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

2 ޖޯޑު ފެން

1 އިންޗީގެ އިނގުރުކޮޅެއް

3 އިންޗީގެ ފޮނިތޮށިކޮޅެއް

12 ކާފޫރުތޮޅި

6 އަސޭމިރުސް ފުއް

¼ ސައިސަމުސާ ނުމުގުރާހުރި ދަވިއްގަނދު

3 ކަރަންފޫ

3 ސައިސަމުސާ ސައިފަތް

1 ޖޯޑު ދިޔާ ކިރު

7 ސައިސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

 

ހަދާނެ ގޮތް:

1. ތެއްޔަކަށް ފެނާއި، އިނގުރާއި، ފޮނިތޮށްޓާއި، ކާފޫރުތޮޅިއާއި، އަސޭމިރުހާއި، ދަވިއްގަނދާއި، ކަރަންފޫކޮޅު އަޅާށެވެ. އިނގުރުކޮޅު އަޅާނީ ތުނިކޮށް ކޮށާލާފައެވެ. ކާފޫރުތޮޅިތައް އަޅާނީ ކޮޅުން ހުޅުވާލާފައެވެ.

2. ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ދެން އެއަށްފަހު، އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ.

3. ދެން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅާލާށެވެ. ދެން 2 މިނެޓެއްހާއިރު ބަހައްޓާލާށެވެ.

4. ދެން ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

5. އަނެއްކާވެސް އުނދުން މައްޗަށް ތެލި އުދާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. އަދި މިފަހަރު ކައްކާނީ ތެލީގައިވާ ތަކެތި ހަމަ ކިރިޔާ ކެކި ގަންނަން ދެނެވެ.

6. ކެކިގަތުމާއި އެކު އުނދުން ނިވާލާށެވެ. ސައިކައްކާ އެ ނިމުނީއެވެ. ދެން ޖޯޑު ނުވަތަ މަގްއެއްގެ ތެރެއަށް އެ ފުރާނާލާނީ އެވެ.

އިތުރު ރެސިޕީތައް

ފިހުނު ކުކުޅު

 

މިއީ ހުކުރު ދުވަހެއްގައި ހަދާލަން ރަނގަޅު ރެސިޕީއެކެވެ. ރެސިޕީ ފެށުމުގެ ކުރިން ބުނެލަން ބޭނުން ދެ ވާހަކައެއް އެބައޮތެވެ. އަހަރުމެންގެ މިރެސިޕީގައި ކުކުޅު ފިހުނީ ހަންގަނޑާއި އެކުގައެވެ. އެހެން ފިހުނީމައި އަހަރުމެންނަށް ވަރަށް މީރުވިއެވެ. ނަމަވެސް ބޭނުމިއްޔާ ހަނގަނޑު ނުލާވެސް ހެދިދާނެއެވެ. ފަސޭހަ ކޮށްލަންވެގެން ލޮނުމިރުސް އަމިއްލައަށް ހެދުމުގެ ބަދަލުގައި އަހަރުމެން ބޭނުން ކުރީ ފިރޯޝި ކިޔާ ބްރޭންޑެއްގެ ލޮނުމިރުހެކެވެ. އެހެން ބްރޭންޑެއް ބޭނުން ކުރިޔަސް ހަމަ ރަނގަޅުވާނެއެވެ. އަދި މާބޮޑު ކަމަކަށް ނުވާނަމަ އަމިއްލައަށް ހަދާލިއަސް ރަނގަޅުވާނެއެވެ.

 

ބޭނުންވާ ތަކެތި:

1 ކުކުޅު (1 ކިލޯ)

2 ލޮނުމެދު

½ ޖޯޑު ލޮނުމިރުސް

4 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

1 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ ބަޓަރު (ފްރިޖުން ބޭރުގައި މަޑުވެލަންދެން ބަހައްޓާލާފައި ހުރި)

½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

1 މޭޒުމަތީ ސަމުސާ ތެޔޮ ނޫނީ ބަޓަރު (ތަބަކުގައި އުނގުޅުމަށް)

 

ހަދާނެގޮތް:

1. 175 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ.

2. ކުކުޅު ފިހަން ބޭނުން ކުރާނެ ތަބަކުގައި ފޮއިލްއަޅާށެވެ. ދެން ފޮއިލް މަތީގައި ބަޓަރު ނޫނީ ތެޔޮ އުނގުޅާށެވެ.

3. ލޮނުމެދުކޮޅު ގާނާލާށެވެ.

4. ބޯތަށްޓެއްގެ ތެރެއަށް ގޭނި ލޮނުމެދުކޮޅާއި، ލޮނުމިރުހާއި، ޓޮމާޓޯ ޕޭސްޓާއި، މާމުއިކޮޅާއި، ބަޓަރުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

5. ކުކުޅު ރަނގަޅަށް ދޮވެލުމަށްފަހު ޓިޝޫ ކަހަލަ އެއްޗެއް ބޭނުން ކޮށްގެން އެ ރަނގަޅަށް ހިއްކާލާށެވެ.

6. ދެން ކުކުޅުގައި ޅިޔަކޮޅެއް އަޅާލާށެވެ.

7. ކުކުޅުގައި ރަނގަޅަށް ލޮނުކޮޅު އުނގުޅާލާށެވެ.

8. ކުރިން ތައްޔާރުކުރި ތަބަކުގައި ކުކުޅު ބާއްވާށެވެ. ދެން ކުރިން ތައްޔާރުކުރި މިރުސްގަނޑު ވަރަށް ރަނގަޅަށް ކުކުޅުގައި އުނގުޅާށެވެ. ކުކުޅުގެ އެތެރެއަށްވެސް އެތިކޮޅެއް އަޅާލަންވާނެއެވެ.

9. ދެން ކުކުޅު ފިހަން އަވަނަށްލާށެވެ. ބައިންދާނީ މެދު ރެކުގައެވެ. ފިހާނީ ކުކުޅުގެ ހަންގަނޑު މުރަނަވެ އެއަށް މުށިކުލަ އަރަން ދެނެވެ. އަހަރުމެންގެ ކުކުޅު ފިހެވުނީ 1 ގަޑިއިރާއި 20 މިނެޓުންނެވެ. ނަމަވެސް އެކި އަވަންގައި ފިހެވޭގޮތް ތަފާތު ވާނެކަން ހަނދާން ކުރައްޗެވެ.

އިތުރު ރެސިޕީތައް 

Pages

Advertisement

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Restaurant Reviews

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

Contacts

Keep in Touch