ޒީބާ ރައިސް ބޯލް | Lonumedhu

ޒީބާ ރައިސް ބޯލް

 

މި ރައިސް ބޯލް ތައްޔާރުކޮށްފައި މިވަނީ އެކި ބާވަތްތަކުގެ ތަރުކާރީއާއި ކުކުޅު އަޅައިގެންނެވެ. މިއީ މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްލަން ރަނގަޅު އެއްޗެކެވެ.

މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއްކަމަށްވާ ޕިރަމިޑްގެ ފަރާތުން ލިބިފައިވާ، ޒީބާ ޕްރިމިއަމް ބާސްމަތީ ރައިސްއެވެ. މިއީ ކައްކާ ނިމުމުން ހަނޑޫ ފުއްތައް ވަކިވަކިން ދިގުކޮށް ހުންނަ، މީރު ހަނޑުލެކެވެ. އަދި ކައްކާ އިރު މީގެއިން ދުވާ މީރު ވަހުން ބަތުގެ ރަހަ އިތުރަށް ފުރިހަމަވެގެންދެއެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ : 1 ތަށި ރައިސް ބޯލްއެވެ.

 

ބޭނުންވާ ތަކެތި:

ކުކުޅު ތައްޔާރުކުރުމަށް

150 ގްރާމް ބޯންލެސް ޗިކަން

½ ސައިސަމުސާ މުގުރި މިރުސް

⅓ ސައިސަމުސާ ލޮނު

¼ ސައިސަމުސާ މުގުރި އަސޭމިރުސް

¼ ސައިސަމުސާ މުގުރި ދިރި

1 މޭޒުމަތީ ސަމުސާ ޔޯގަޓް

½ ސައިސަމުސާ ލުނބޯ ހުތް (ވަގުތުން ފެލާފައި)

1.5 މޭޒުމަތީ ސަމުސާ ތެޔޮ

ބަތް ކެއްކުމަށް

½ ޖޯޑު ޒީބާ ޕްރިމިއަމް ބާސްމަތީ ރައިސް

1 ޖޯޑު ފެން

½ ސައިސަމުސާ ލޮނު

ސޯސް ހެދުމަށް

⅔ ސައިސަމުސާ ލުނބޯ ހުތް (ވަގުތުން ފެލާފައި)

1 މޭޒުމަތީ ސަމުސާ ލައިޓް ސޯޔާ ސޯސް

½ ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ތޮޅިމިރުސް

ބޯލްގެ މައްޗަށް އަޅާ ތަރުކާރީތައް

¼ ޖޯޑު ދިގުކޮށް ކޮށާފައި ހުރި ކެރެޓު (ގާތްގަޑަކަށް ½ 1 އިންޗީގެ ދިގުމިނަށް)

⅓ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ލެޓިއުސް 

¼ ޖޯޑު ސުވީޓް ކޯން

 

ހަދާނެ ގޮތް:

1. އެންމެ ފުރަތަމަ ½ ޖޯޑު ޒީބާ ޕްރިމިއަމް ބާސްމަތީ ރައިސް ރަނގަޅަށް ދޮވެލާފައި ފެން ފުރާނާލާށެވެ. ދެން ތެއްޔަކަށް އެޅުމަށް ފަހު 1 ޖޯޑު ފެނާއި ½ ސައިސަމުސާ ލޮނު އަޅާލާށެވެ.

2. ދެން ގަދަ ގިނީގައި 7 މިނެޓް ވަންދެން ބަތް ކައްކާށެވެ. މިވަރަށް ކެކޭ އިރު ފެނާއި ހަނޑުލާ ހުންނާނީ އެއްވަރަކަށެވެ.

3. ދެން ތެލީގެ މަތި ޖަހާލުމަށްފަހު އިތުރު 8-7 މިނެޓް ވަންދެން ނުވަތަ ހުރިހާ ފެނެއް ހިނދެންދެން މަޑު ގިނީގައި ކައްކާށެވެ.

4. އެއަށް ފަހު 150 ގްރާމް ބޯންލެސް ޗިކަންގެ ގަނޑުފިލުވާލާށެވެ. ދެން ގާތްގަޑަކަށް 1 އިންޗި ހުންނަ ވަރަށް ކުދިކޮށް ކޮށާލާށެވެ.

5. ކުކުޅުކޮޅަށް ½ ސައިސަމުސާ މުގުރި މިރުސް، 3/1 ސައިސަމުސާ ލޮނު، ¼ ސައިސަމުސާ މުގުރި އަސޭމިރުސް، ¼ ސައިސަމުސާ މުގުރި ދިރި، 1 މޭޒުމަތީ ސަމުސާ ޔޯގަޓް، އަދި ½ ސައިސަމުސާ ލުނބޯ ހުތް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

6. ދެން ތަވަޔަކަށް 1.5 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލުމަށް ފަހު ހޫނުކޮށްލާށެވެ. ތެޔޮ ހޫނުވުމުން ކުކުޅުކޮޅު އަޅާލާށެވެ. އަދި ގަދަ ގިނީގައި 10 މިނެޓް ވަންދެން ނުވަތަ ރަން މުށި ކުލައެއް އަރަންދެން ކައްކާށެވެ.

7. ރައިސް ބޯލްގެ މައްޗަށް އަޅާ ސޯސް ތައްޔާރުކުރުމަށްޓަކައި 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް، 1 ސައިސަމުސާ ލުނބޯ ހުތް އަދި ½ ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ތޮޅިމިރުސް ކުޑަ ބޯތަށްޓަކަށް އަޅާލާށެވެ. އަދި ހުރިއާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

8. ދެން މެދުމިނެއްގެ ބޯތަށްޓަކަށް ކެއްކި ބަތުގެ 4/3 ބައި އަޅާލާށެވެ. އަހަރުމެން ބޭނުންކުރީ 7 އިންޗި ފުޅާ އަދި 3 އިންޗިއަށް ފުން ތަށްޓެކެވެ.

9. ދެން ކުރިން ކައްކާލި ކުކުޅުކޮޅު ތަށީގެ އެއްފަރާތަށް ވާގޮތަށް، ބަތުގެ މަތީގައި ބަހައްޓާށެވެ.  

10. އެއަށްފަހު ތަށީގެ އަނެއް ފަރާތުގައި ¼ ޖޯޑު ކެރެޓް، ¼ ޖޯޑު ސުވީޓް ކޯން، އަދި 3/1 ޖޯޑު ލެޓިއުސް ބަހައްޓާށެވެ.

11. ދެން މީގެ މައްޗަށް ކުރިން ތައްޔާރުކޮށްލި ސޯސްކޮޅު އަޅާލާށެވެ.

 

މި ރެސިޕީގެ ވީޑިއޯ

 

 

ރެސިޕީ ޓެގް: 

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch