މުގުބަތް | Lonumedhu

މުގުބަތް

 

މުގުބަތަކީ ހިކިރިހައަކާއި އެއްކޮށް ކާލަން ވަރަށް މީރު އެއްޗެކެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

1 ޖޯޑު ހަނޑޫ

1/3 ޖޯޑު މުގު

1 ފިޔާ

2 މޭޒުމަތީ ސަމުސާ ގިތެޔޮ

1/3 ސައިސަމުސާ ނުމުގުރާހުރި ދިރި

½ 2 ޖޯޑު ފެން

2/3 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

 

ހަދާނެގޮތް:

1. ހަނޑުލާއި މުގު ރަނގަޅަށް ދޮވެ ފުރާނާފައި އެހައް ބަހައްޓާލާށެވެ.

2. ނިކަން ތުނިކޮށް ފިޔާ ކޮށާލާށެވެ.

3. މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. އަދި ހޫނުވުމުން ފިޔާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.

4. ފިޔާކޮޅު ރަތްވަންދެން ކައްކާށެވެ. ބިރިޔާނީގައި ހުންނަވަރަށެވެ.

5. ފިޔާކޮޅު ރަތްވުމުން އެއްޗަކަށް ނަގާށެވެ.

6. އަނެއްކާވެސް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ ތެއްޔަށް އަޅާލާށެވެ. މިފަހަރު ގިތެޔޮކޮޅު ހޫނުވެލީމާ އަޅާނީ ދިރިކޮޅެވެ. ދިރިކޮޅު އަޅާލުމަށްފަހު ބައިމިނެޓެއްހާއިރު ކެކިލަން ދޭށެވެ.

7. ދެން ހަނޑުލާއި މުގު ތެއްޔަށް އަޅާށެވެ. ގިނި މަޑުކޮށް ބަހައްޓައިގެން ހުއްޓާނުލާ ހަލަމުން މުގާއި ހަނޑުލަށް ރަތްކުލަ އަރަން ފަށަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 20 މިނެޓެވެ.

8. ދެން ފެނާއި ލޮނު ތެއްޔަށް އަޅާލާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މެދު ގިނީގައި އަދި ތެލީގައި މަތިޖަހާފައި ބަހައްޓައިގެން ތެލީގައިވާ ތަކެތި ކެކިގަންނަންދެން ކައްކާށެވެ. ކެކިގަތީމައި ގިނި މަޑުކޮށްލާށެވެ. ދެން ފެންގަނޑު އެކީ ހިނދެންދެން ކައްކާށެވެ.

9. ދެން ކުރިން ރަތްކުރި ފިޔާކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. އެއިރުން އެނިމުނީއެވެ.

އިތުރު ރެސިޕީތައް

Advertisement

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Restaurant Reviews

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

Contacts

Keep in Touch