މި ޗީޒް ސޭންޑްވިޗް ތައްޔާރުކޮށްފައި މިވަނީ ކުކުޅާއި، ޗީޒް، ފިޔާ، އަދި ބެލް ޕެޕަރ އަޅައިގެންނެވެ. މިއީ ހެނދުނާއި ހަވީރުގެ ސަޔަށް ވަރަށް ކަމުދާނެ ކަހަލަ ސޭންޑްވިޗްއެކެވެ.
މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެސް.ޓީ.އޯ (ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން)ގެ ފަރާތުން ލިބިފައިވާ، ހެޕީ ކައު ޗެޑަރ ޗީޒްއެވެ. މިއީ ވަރަށް މީރު، ކިރު ރަހަލާ ކްރީމީ ޗީޒްއެކެވެ. އަދި މި ޗީޒްގެ ފޮތިތައް ވަކިވަކިން ޕެކްކޮށްފައި ހުރުމުގެ ސަބަބުން ތަފާތު ތަކެތި ހެދުމަށް ބޭނުންކޮށްލަން ވަރަށް ފަސޭހައެވެ. އެގޮތުން އެކި ވައްތަރުގެ ސޭންޑްވިޗްއާއި، ބާގަރ، އަދި ވްރެޕް ކަހަލަ އެއްޗެހީގައި ހެޕީ ކައު ޗެޑަރ ޗީޒް ބެނުންކުރެވޭނެއެވެ.
މީގެ އިތުރުން، މިރެސިޕީގައި ސޭންޑްވިޗްގެ މަސްގަނޑު ހެދުމަށާއި ޓޯސްޓްކުރުމަށް އަހަރުމެން ބޭނުންކޮށްފައި މިވަނީ ހަމަ އެސް.ޓީ.އޯގެ ފަރާތުން ލިބިފައިވާ ރަސެލް ހޮބްސް ފިއެސްޓާ ރިމޫވެބަލް ޕްލޭޓް ގްރިޑްލްއެވެ. މި ގްރިޑްލްގެ ތަށި 25×45 ސެންޓިމީޓަރަށް ބޮޑުވުމުން، މިއީ ގިނަ މީހުންނަށް ކައްކާއިރު ބޭނުންކޮށްލަން ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން، މި ގްރިޑްލްގެ ތަށި ވަކިން ނެގޭގޮތަށް ހުރުމުން ސާފުކޮށްލަން ވަރަށް ފަސޭހައެވެ. އަދި މީގައި ބޭނުންވަރަކަށް ފިނިހޫނުމިން ވެސް ބަދަލުކޮށްލެވެއެވެ
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 8 ޗީޒީ ޗިކަން ސޭންޑްވިޗްއެވެ.
ބޭނުންވާ ތަކެތި:
ކުކުޅު ހެދުމަށް
400 ގްރާމް ބޯންލެސް ކުކުޅު (ކުދިކޮށް ގޮޅިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ މުގުރި ރާޅު މިރުސް
1 ސައިސަމުސާ ގާލިކް ޕައުޑަރ
1 ސައިސަމުސާ މުގުރި ކޮތަނބިރި އޮށް
1 ސައިސަމުސާ ލޮނު
ސޭންޑްވިޗް ފިލިންގް ހެދުމަށް
1 މޭޒުމަތީ ސަމުސާ ތެޔޮ
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ (¼ ޖޯޑު ފެހި އަދި ¼ ޖޯޑު ރަތް ބެލް ޕެޕަރ)
3 މޭޒުމަތީ ސަމުސާ މަޔޮނައިޒް
3 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
ސޭންޑްވިޗް ހެދުމަށް (1 ސޭންޑްވިޗްއަށް)
2 ފޮތި ޕާން
1 ސައިސަމުސާ ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު (ކޮންމެ ޕާން ފަޅިއަކަށް ½ ސައިސަމުސާ)
2 ސައިސަމުސާ ޗިލީ ސޯސް (ކޮންމެ ޕާން ފަޅިއަކަށް 1 ސައިސަމުސާ)
1 ފޮތި ހެޕީ ކައު ޗެޑާ ޗީޒް
ހަދާނެ ގޮތް:
1. ބޮޑު ތަވަޔަކަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ތަވާ ހޫނުވުމުން އެއަށް 400 ގްރާމް ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ބޯންލެސް ކުކުޅު އަޅާލުމަށް ފަހު، 5 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅަށް ހުދު ކުލަ އަރަންދެން ހަލަމުން ކައްކާލާށެވެ.
2. ދެން، ތަވަޔަށް 2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސްއާއި، 1 މޭޒުމަތީ ސަމުސާ މުގުރި ރާޅު މިރުސް، 1 ސައިސަމުސާ ގާލިކް ޕައުޑަރ، 1 ސައިސަމުސާ މުގުރި ކޮތަނބިރި ފަތް، އަދި 1 ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު، 6 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅަށް މުށި ކުލައެއް އަރަންދެން ހަލަމުން ކައްކާލާށެވެ.
3. ކުކުޅުކޮޅު ކައްކާ ނިމުމުން ބޯތަށްޓަކަށް އަޅާލާށެވެ. އެއަށް ފަހު، އަތުން ނުވަތަ އުލެއް ބޭނުންކޮށްގެން ކުކުޅުކޮޅުތައް ކުދިކޮށްލާށެވެ.
4. ދެން، ރަސެލް ހޮބްސް ފިއެސްޓާ ރިމޫވެބަލް ޕްލޭޓް ގްރިޑްލް 1 މިނެޓު ވަންދެން 180 ޑިގްރީ ސެލްޝިއަސްގައި ހޫނުކޮށްލާށެވެ.
5. ގްރިޑްލް ހޫނުވުމުން 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލުމަށް ފަހު އިތުރު 1 މިނެޓަށް ހޫނުކޮށްލާށެވެ. ދެން، އެއަށް ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔަލާއި ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ އަޅާލާށެވެ. އަދި 3 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅާއި ބެލް ޕެޕަރ މަޑުވެލަންދެން ހަލަމުން ކައްކާލާށެވެ.
6. ދެން، ކުރިން ކުދިކޮށްލި ކުކުޅު ގްރިޑްލް މައްޗަށް އަޅާލުމަށް ފަހު މަޑު ގިނީގައި 1 މިނެޓު ވަންދެން އެއްކޮށްލާށެވެ. އެއަށް ފަހު، ގްރިޑްލް ނިވާލާފައި މަސްގަނޑު ބޯތަށްޓަކަށް ނަގާށެވެ. އަދި އެއަށް 3 މޭޒުމަތީ ސަމުސާ މަޔޮނައިޒްއާއި 3 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް އަޅާފައި ރަނގަޅަށް މަސްގަނޑު އެއްކޮށްލާށެވެ.
7. އެއަށް ފަހު، ސޭންޑްވިޗް ތައްޔާރުކުރުމަށް 2 ޕާން ފޮތި ނަގާފައި، ކޮންމެ ޕާން ފޮއްޗެއްގެ އެއް ފަޅީގައި ½ ސައިސަމުސާ ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު ހާކާލާށެވެ. އަދި އަނެއް ފަޅީގައި 1 ސައިސަމުސާ ޗިލީ ސޯސް ހާކާލާށެވެ.
8. ދެން، ޗިލީ ސޯސް ހާކާލި ޕާން ފަޅީގެ މައްޗަށް ކުރިން ތައްޔާރުކޮށްލި ކުކުޅު މަސްގަނޑުން 3 މޭޒުމަތީ ސަމުސާ އަޅާލާށެވެ. އެއަށް ފަހު، މަސްގަނޑުގެ މަތީގައި 1 ފޮތި ހެޕީ ކައު ޗެޑާ ޗީޒް ބާއްވާލާށެވެ. އަދި ދެވަނަ ޕާން ފޮތި، ޗިލީ ސޯސްފަޅި ތިރިއަށްވާ ގޮތަށް، ޗީޒްގެ މަތީގައި ބާއްވާލާށެވެ. އޭރުން ބަޓަރު ހޭކި ފަޅި އޮންނާނީ ބޭރަށް ވާގޮތަށެވެ. ދެން، ބާކީ ސޭންޑްވިޗްތައް ހެދުމަށް ސްޓެޕް 7 އަދި 8 ތަކުރާރުކޮށްލާށެވެ. އަހަރުމެންނަށް މުޅިއަކު ހެދުނީ 8 ސޭންޑްވިޗްއެވެ.
9. ގްރިޑްލް ސާފުކޮށްލުމަށް ފަހު 190 ޑިގްރީ ސެލްޝިއަސްގައި 2 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ހޫނުވުމުން ޓޮންގްއެއް ނުވަތަ ދޭފަތެއް ބޭނުންކޮށްގެން ސޭންޑްވިޗްއެއް ގްރިޑްލްއަށް ލާށެވެ. ދެން 45 ސިކުންތު ވަންދެން ނުވަތަ ޕާން ފޮއްޗަށް މަޑު މުށި ކުލައެއް އަރަންދެން ސޭންޑްވިޗް ޓޯސްޓުކޮށްލާށެވެ. އަދި އަނެއް ފުށަށް ޖަހާފައި އިތުރު 45 ސިކުންތު ވަންދެން ޓޯސްޓުކޮށްލާށެވެ. ގްރިޑްލް މާ ބޮޑަށް ހޫނުވާނަމަ، ބާކީ ހުރި ސޭންޑްވިޗް ޓޯސްޓުކުރާ އިރު ގިނި މަޑުކޮށްލާށެވެ. މި ގްރިޑްލްގައި އެއްފަހަރާ 3 ނުވަތަ 4 ސޭންޑްވިޗް ޓޯސްޓުކުރެވޭނެއެވެ.
10. ކެއުމުގެ ކުރިން، ކޮންމެ ސޭންޑްވިޗެއް ވެސް މެދުން ފަޅިކޮށްލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.