އެކި ވައްތަރުގެ ކޭކުތައް ތައްޔާރުކޮށް ކެއުމަކީ ވަރަށް ގިނަ މީހުން ކުރާހިތްވާ ކަމެކެވެ. އެގޮތުން މިފަހަރު މިއޮތީ ވަރަށް މީރު ތައި ޓީ ކޭކެއް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ. މިއީ ސައި ގަޑިއަށް ވަރަށް ކަމުދާނެ ކޭކެކެވެ.
މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސިލްވަރ ކުއެސްޓްގެ ފަރާތުން ލިބިފައިވާ، ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓްއެވެ. މިއީ ތައި ޓީގެ ރަހަ ގަދަ، ވަރަށް ރީތި ކުލައެއްގައި ހުންނަ ކޮންސެންޓްރޭޓްއެކެވެ. މިފަދަ އެހެން ކޮންސެންޓްރޭޓްތަކާ ހިލާފަށް މީގައި އެހާ ހިތި ރަހައެއް ނުހުރެއެވެ. އަދި ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓް ތައްޔާރުކުރުމަށް ހޫނުފެނާއި ފިނިފެންވެސް ބެނުން ކުރެވޭނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 6-5
ބޭނުންވާ ތަކެތި:
ކޭކު ހެދުމަށް
170 ގްރާމް ފުށް
2.5 ސައިސަމުސާ ބޭކިންގ ޕައުޑަރ
¼ ސައިސަމުސާ ލޮނު
2 ބިސް
3/1 ޖޯޑު ހަކުރު
½ ޖޯޑު ތެޔޮ
3/1 ޖޯޑު ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓް
4/3 ޖޯޑު ގެރިކިރު
2 ސައިސަމުސާ ވެނީލާ އެސެންސް
އައިސިންގް ހެދުމަށް
½ ޖޯޑު ފިނިކަނޑުވާފައި ހުރި ބަޓަރު
1 ޖޯޑު އައިސިންގް ޝުގަރ
½ ސައިސަމުސާ ވެނީލާ އެސެންސް
½ މޭޒުމަތީ ސަމުސާ ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓް
1 މޭޒުމަތީ ސަމުސާ ވިޕިންގ ކްރީމް ނުވަތަ ހެވީ ކްރީމް
ހަދާނެގޮތް:
1. އެންމެ ފުރަތަމަ 170 ގްރާމް ފުށް، 2.5 ސައިސަމުސާ ބޭކިންގ ޕައުޑަރ އަދި ¼ ސައިސަމުސާ ލޮނު ބޮޑު ބޯތަށްޓަކަށް ފުރާނާށެވެ.
2. ދެން އެހެން ބޯތަށްޓަކަށް 2 ބިހާއި، 3/1 ޖޯޑު ހަކުރު، އަދި ½ ޖޯޑު ތެޔޮ އެޅުމަށް ފަހު އަތުން ގިރާ ކަރަންޓު މިކްސަރެއް ބޭނުންކޮށްގެން 1 މިނެޓް ވަންދެން މަޑު ދުވެލީގައި ގިރާލާށެވެ.
3. ދެން 3/1 ޖޯޑު ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓްއާއި ¾ ޖޯޑު ގެރިކިރު އެއަށް އަޅާލުމަށް ފަހު އިތުރު 30 ސިކުންތު ވަންދެން ގިރާލާށެވެ.
4. އެއަށް ފަހު ފުށް އެތީގެ ތިންބައިކުޅަ އެއްބައި ބަޓަރު އެތީގެ ތެރެއަށް އަޅާފައި ވިސްކެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ. ފުށް އެތި އެއްކޮށް ހުސްވަންދެން މަޑުމަޑުން އަޅަމުން އެއްކުރަމުންދާށެވެ.
5. ފުށާއި ބަޓަރު ރަނގަޅަށް އެއްވުމުން 2 ސައިސަމުސާ ވެނީލާ އެސެންސް އަޅުމަށް ފަހު އަނެއްކާވެސް ގިރާލާށެވެ.
6. 190 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކޮށްލާށެވެ.
7. 8 އިންޗީގެ ވަށް ތަބަކެއް ކޭކު ފިހަން ތައްޔާރު ކުރާށެވެ. ޓްރޭގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލުމަށް ފަހު އޭގެ މައްޗަށް ފަށަލައަކަށް ވާގޮތަށް މޭޒުމަތީ ސަމުސަލެއްގެ ފުށް ބުރުއްސާލާށެވެ. ތަބަކަށް ފުށް އަޅާފައި އެކި ކޮޅުކޮޅަށް އަރިކުރަމުން ތަބަކުގެ ފުލުގައި ޖަހަމުން ގެންދިޔައީމަ ނިކަން ފަސޭހައިން ފަށަލައެއް ލެވޭނެއެވެ.
8. ތައްޔާރުކުރި ތަބަކަށް ކޭކު ފުށްގަނޑު އަޅާލާށެވެ. އަދި އަވަނުގެ މެދު ރެކުގައި ބަހައްޓާށެވެ.
9. ދެން 190 ޑިގްރީ ސެލްޝިއަސްގައި 45 މިނެޓް ވަންދެން ކޭކު ފިހެލާށެވެ. ކޭކު ފިހެވުމުން މައްޗަށް ގަދަ މުށި ކުލައެއް އަރާނެއެވެ. އަދި އޭގެ މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު ހުންނާނީ ސާފުކޮށެވެ.
10. ކޭކު ފިހެ ނިމުމުން އަވަނުން ނަގާށެވެ. ދެން ގާތްގަޑަކަށް 30-45 މިނެޓްވަންދެކަށް ކޭކު ހިހޫކުރަން ބަހައްޓާށެވެ.
11. އައިސިންގް ތައްޔާރުކުރުމަށްޓަކައި ½ ޖޯޑު ފިނިކަނޑުވާފައި ހުރި ބަޓަރު ބޯތަށްޓަކަށް އަޅާލާށެވެ. އަދި އަތުން ގިރާ މިކްސަރެއް ބޭނުންކޮށްގެން 30 ސިކުންތު ވަންދެން ނުވަތަ ބަޓަރު މަޑުވަންދެން ގިރާލާށެވެ.
12. ދެން 1 ޖޯޑު އައިސިންގް ޝުގަރ އަޅާފައި 1 މިނެޓް ވަންދެން މަޑުމަޑުން އެއްކޮށްލާށެވެ.
13. ދެން އެއަށް ½ ސައިސަމުސާ ވެނީލާ އެސެންސް، ½ މޭޒުމަތީ ސަމުސާ ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓް އަދި 1 މޭޒުމަތީ ސަމުސާ ވިޕިންގ ކްރީމް ނުވަތަ ހެވީ ކްރީމް އެޅުމަށް ފަހު 30 ސިކުންތު ވަންދެން ގިރާލާށެވެ.
14. ކޭކު އެއްކޮށް ހިހޫވުމުން ކޭކު މަތީގައި އައިސިންގް ހާކާލާށެވެ.
ސިލްވަރ ކުއެސްޓް މާލެ ފިހާރަ: މެދުޒިޔާރަތް މަގު، މަޖީދިއްޔާ ސްކޫލް ކުރިމަތި
ހުޅުމާލެ ފިހާރަ: ލޮޓް 10680، ހައިވަކަރު މަގު
ގުޅޭނެ ފޯނު ނަންބަރު: 7645522
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.