ކެޝޫ ޗިކަން މިއީ ކުދިކޮށް ކޮށާފައި ހުންނަ ކުކުޅާއި، ކަޖޫނަޓް އާއި ތަރުކާރީ ކުޅި ސޯސްގަނޑެއްގެ ތެރޭގައި ކައްކައިގެން ތައްޔާރު ކުރާ މީރު ކެއުމެކެވެ.
އަހަރުމެންގެ މި ރެސިޕީގައި ބޭނުން ކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން އަހަރުމެންނަށް ލިބުނު ސްރީލަންކާގެ ރޯޔަލް ކެޝޫސް ބްރޭންޑްގެ ސޯލްޓަޑް ކެޝޫ ނަޓްސްއެވެ. މި ބާވަތުގެ ކަޖޫނަޓް ހުންނަނީ ކުޑަ ލޮނު ކޮޅަކާއިއެކު ކުޑަކޮށް ހަނާކޮށްފައެވެ. އަދި ހުހާ ކާލާއިރު އޭގައި ހުންނަނީ މީރު ކަޖޫނަޓް ރަހައަކާއި ކްރީމީ ކަމެކެވެ.
ގަންނަމާޓް އެޕް މެދުވެރިކޮށް ނޫނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ވައިބަރ ހޮޓްލައިން 3663-736 މެދުވެރިކޮށްވެސް ރޯޔަލް ކެޝޫސް ސޯލްޓަޑް ކެޝޫ ނަޓްސް ހޯދޭނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
މެރިނޭޑްއަށް
250 ގްރާމް ބޯންލަސް ޗިކަން
1 މޭޒުމަތީ ސަމުސާ ކޯން ފްލާ
½ ސައިސަމުސާ ސޯއީ ސޯސް
ސްޓަރ ފްރައިއަށް
1 މެދު ސައިޒުގެ ފިޔާ
½ ބެލް ޕެޕަރ
3 ލޮނުމެދު
2 ތޮޅި މިރުސް
¼ ޖޯޑު ކޮށާފައި ހުރި ގްރީން އަނިއަން
5 ހިކި މިރުސް
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
100 ގްރާމް ރޯޔަލް ކެޝޫސް ސޯލްޓަޑް ކެޝޫ ނަޓްސް (1 ޕެކެޓު)
½ ސައިސަމުސާ ސޯއީ ސޯސް
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
½ ސައިސަމުސާ މުގުރި އަސޭމިރުސް
¼ ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ފެން
ހަދާނެ ގޮތް:
1. ކުކުޅު ½ އިންޗީގެ އެތިކޮޅުކޮޅަށް ކޮށާލާށެވެ. ދެން ކުކުޅުކޮޅު ސޯއީ ސޯސްއާއި ކޯން ފްލާ ކޮޅާ އެއްކޮށް ބޯތަށްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މެރިނޭޓް ކުރަން 10 މިނިޓު ބަހައްޓާލާށެވެ.
2. ފިޔާ އަދި ބެލް ޕެޕަރ ކުދިކޮށް ގޮޅިކޮށް ކޮށާށެވެ. ލޮނުމެދާއި ތޮޅިމިރުސް ތުނިކޮށް ކޮށާލާށެވެ. އަދި ގްރީން އަނިއަންވެސް ކޮށާލާށެވެ. ހިކި މިރުސްތައް 1 އިންޗީގެ އެތިކޮޅުކޮޅަށް ބުރިކޮށްލާށެވެ.
3. 1 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތަވައަކަށް އަޅާ މެދު ގިނީގައި ހޫނު ކުރާށެވެ. ދެން ކަޖޫ ނަޓްކޮޅު ތެލުގެ ތެރެއަށް އަޅައި 2-3 މިނިޓުވަންދެން ނޫނީ އެ މުރަނަވެ އެއަށް ރަންކުލަ އަރަންދެން ތެލުލާށެވެ. ތެލު ލެވުނީމައި ތަށްޓަކަށް ނަގާފައި އެހަށް ބަހައްޓާލާށެވެ.
4. ހަމަ އެ ތަވައަށް އަނެއްކާވެސް 1 މޭޒުމަތީ ސަމުސަލުގެ ތެޔޮ އަޅާށެވެ. މެދު މިނުގައި ގިނި ބަހައްޓާފައި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅައި ހުއްޓާނުލާ ތަވާތެރޭގައިވާ ތަކެތި އެއްކުރަމުން 7 މިނިޓު ވަންދެން ނޫނީ ކުކުޅުކޮޅު ރޯފިލަންދެން ކައްކާށެވެ. ކުކުޅުކޮޅު ކެކުނީމައި ތަށްޓަކަށް ނަގާށެވެ.
5. ހަމަ އެ ތަވައަށް ފިޔާ، ލޮނުމެދު، ބެލް ޕެޕަރ، ތޮޅި މިރުސް އަދި ހިކި މިރުސް އަޅާށެވެ. ހުއްޓާނުލާ ތަވާ ތެރޭގައިވާ ތަކެތި އެއްކުރަމުން 4 މިނިޓު ކައްކާށެވެ.
6. ދެން ކައްކާފައި ބެހެއްޓި ކުކުޅާއި، ސޯއީ ސޯސް، އޮއިސްޓަރ ސޯސް، މުގުރި އަސޭމިރުސް، ލޮނު އަދި ފެން ތަވައަށް އަޅައި ހުރިހާ އެއްޗެއް އެއްކުރަމުން މިނިޓެއްވަރު ވަންދެން ކައްކާލާށެވެ.
7. ދެން ކަޖޫ ނަޓް އަދި ގްރީން އަނިއަންކޮޅު ތަވައަށް އަޅާފައި ހުރިހާ އެއްޗެއް އެއްކުރަމުން އަދި އެއް މިނިޓު ކައްކާލީމައި އެނިމުނީއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.