މަހަލަބިއާ | Lonumedhu

މަހަލަބިއާ

 

މަހަލަބިއާއަކީ މެދުއިރުމަތީގެ ޤައުމުތަކުގެ މީހުން ތައްޔާރުކޮށް އުޅޭ މީރު ފޮނިއެއްޗެކެވެ. އެ ތައްޔާރު ކުރާކަށް މާ ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އެ ތައްޔާރު ކުރަން ބޭނުންވަނީވެސް އެހާ މަދު ތަކެއްޗެވެ.

https://lonumedhu.com/sites/default/files/Product-Shot-Mahalabia.jpg

މަހަލަބިއާއަކީ ކިރުން ތައްޔާރު ކުރާ ޕުޑިންގްއަކަށް ވުމާއިއެކު އެއަށް ބޭނުންވާ މައިގަނޑު އެއްޗަކީ ފުލް ކްރީމް ކިރެވެ. އަހަރުމެންގެ މިރެސިޕީ މި ގެނެސްދެނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެސް.ޓީ.އޯ އާއި ގުޅިގެންނެވެ. އަދި އަހަރުމެންގެ މި ރެސިޕީގައި ބޭނުން ކުރީ އެސް.ޓީ.އޯ އިން ލިބެން ހުންނަ ޑެވޮންޑޭލް ފުލް ކްރީމް ކިރެވެ.

ޑެވޮންޑޭލް ބްރޭންޑްގެ ހުރިހާ ކިރެއްވެސް ތައްޔާރު ކުރަނީ އޮސްޓްރޭލިއާގެ ތާޒާ ގެރި ކިރުންނެވެ. ބޯލަންވެސް އަދި ރެސިޕީ ތަކުގައި ބޭނުން ކުރުމަށް ވެސް މީރު ކިރަކަށް ވުމުގެ އިތުރުން ޑެވޮންޑޭލް ފުލް ކްރީމް ކިރުގައި ހަށިގަނޑަށް ފައިދާހުރި އެތަށް ބައިވަރު މާއްދާތަކެއް ހިމެނިގެންވެއެވެ.

https://lonumedhu.com/sites/default/files/Vertical-Shot-Mahalabia.jpg

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

1/3 ޖޯޑު ޑެވޮންޑޭލް ފުލް ކްރީމް ކިރު (ކޯންފްލާ އާއި އެއްކުރަން)

3 މޭޒުމަތީ ސަމުސާ ކޯން ފްލާ

2 ޖޯޑު ޑެވޮންޑޭލް ފުލް ކްރީމް ކިރު

4 މޭޒުމަތީ ސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

½ ސައިސަމުސާ މުގުރި ކާފޫރުތޮޅި (ނޫނީ ބޭނުން ވަރަކަށް)

½ ސައިސަމުސާ ރޯޒް ވޯޓަރ (ނޫނި ބޭނުން ވަރަކަށް)

6 ޕިސްޓާޗިއޯ

 

ހަދާނެ ގޮތް:

1. ކޯންފްލާ ކޮޅާއި 1/3 ޖޯޑުގެ ކިރު ކުޑަ ބޯތަށްތެއްގައި އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ.

2. ތެއްޔަކަށް 2 ޖޯޑު ކިރާއި ހަކުރުކޮޅު އަޅާފައި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ދޭތެރެއަކުން ގިރާލަން ވާނެއެވެ.

3. ބޮކިޖަހާ ކެކެން ފެށީމައި ގިނި މަޑުކޮށްލާށެވެ. ދެން މުގުރި ކާފޫރުތޮޅިއާއި ކުރިން އެއްކޮށްފައި ބެހެއްޓި ކިރާއި ކޯންފްލާ ތެއްޔަށް އަޅާށެވެ.

4. ތެލީގައި ހުރި ސާމާނު އޮލަ ވަންދެން ހުއްޓާނުލާ ގިރަމުން ކައްކާށެވެ. އަހަރުމެންނަށް މިކަންވީ 10 ވަރަކަށް މިނިޓުންނެވެ. އޮލަވިކަމަށް ބެލީ ސަމުސަލެއް ތެލީގެ ތެރެއަށް ލާފައި ނެގިއިރު އޭގައި ފަށަލައެއް ލެވިފައި ހުންނަ ވަރަށް އޮލަވީމައެވެ.

5. ތެލީގައި ހުރި ސާމާނު އޮލަވީމައި އުނދުން ނިވާލާށެވެ. އަދި ރޯޒް ވޯޓަރކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

6. ތަށި ތަށްޓަށް ނޫނީ ކުޑަ ތަބަކަކަށް ތެލީގައި ހުރި ސާމާނު އޮއްސާލާފައި ރީތިކޮށް މަތި އޮމާން ކޮށްލާށެވެ. އަދި ޕިސްޓާޗިއޯތައް ކުދިކޮށް ކޮށާލާފައި މައްޗަށް ބުރުވާލާށެވެ.  

7. މަދުވެގެން 3 ގަޑިއިރުވަންދެން ފްރިޖްގައި ފިނިކުރަން ބަހައްޓާށެވެ.

މި ރެސިޕީގެ ވީޑިއޯ

ރެސިޕީ ޓެގް: 

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch