ޑަމްޕްލިންގްއަކީ ވިއްސާރަ ދުވަހެއްގައި ކާލުމަށް ވަރަށް މީރު އެއްޗެކެވެ. ޑަމްޕްލިންގްގެ އެކި ވައްތަރުތައް ހުންނަ އިރު، މިފަހަރު މިއޮތީ ސްޓީމްކޮށްގެން ނުވަތަ އާވިން ކައްކައިގެން ތައްޔާރުކުރާ، ޒުވާރި އާއި ކުކުޅު ޑަމްޕްލިންގް ރެސިޕީއެކެވެ.
އަހަރުމެންގެ މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ، އެސް.ޓީ.އޯ (ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން)ގެ ފަރާތުން ލިބިފައިވާ ބޮންޑުއެލް ސްވީޓް ކޯންއެވެ. މި ޒުވާރިއަކީ އެއްވެސް އިތުރު ހަކުރަކާ ނުލާ، ގުދުރަތީ ގޮތުން ފޮނި ރަހައެއްލާ ޒުވާރިއެކެވެ. އަދި އެކި ވައްތަރުގެ ރެސިޕީތައް ތައްޔާރުކުރުމަށް މި ޒުވާރި ބޭނުންކުރެވިދާނެއެވެ.
އަހަރުމެންގެ ޑަމްޕްލިންގްތައް އާވިން ކެއްކުމަށް ބޭނުންކޮށްފައި މިވަނީ އެސް.ޓީ.އޯގެ ފަރާތުން ލިބިފައިވާ ރަސެލް ހޮބްސް ފުޑް ސްޓީމަރއެވެ. މީގައި ފަސޭހައިން ބަރިބަރިއަށް ޖެހޭ ތިން ސްޓީމްކުރާ ބާސްކެޓް އާއި ޑިޖިޓަލް ޑިސްޕްލޭއެއް ހިމެނެއެވެ. އަދި މި ސްޓީމަރުން ޖުމްލަ ތިން ލިޓަރުގެ ކާއެއްޗެހި އެއް ފަހަރާ ކައްކާލެވޭނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 12 ސްޓީމްޑް ޑަމްޕްލިންގް
ބޭނުންވާ ތަކެތި:
ޑަމްޕްލިންގް ފުށްގަނޑު ހެދުމަށް
4/3 ޖޯޑު ފުށް
¼ ޖޯޑު ކޯން ފްލާ
¼ ސައިސަމުސާ ލޮނު
3/1 ޖޯޑު ހޫނު ފެން
މަސްގަނޑު ހެދުމަށް
3 ލޮނުމެދު
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޕްރިންގް އަނިއަންގެ ފެހި ބައި
3 ތޮޅި މިރުސް
2 މޭޒުމަތީ ސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި އިނގުރު
1 ސައިސަމުސާ މަސްޓަރޑް ސީޑް
200 ގްރާމް މިންސްޑް ކުކުޅު
¼ ސައިސަމުސާ ލޮނު
½ ޖޯޑު ބޮންޑުއެލް ސްވީޓް ކޯން
ސޯސް ތައްޔާރުކުރުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
3 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
1 މޭޒުމަތީ ސަމުސާ މުގުރި ރާޅު މިރުސް
1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
¼ ޖޯޑު ލައިޓް ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ވިނެގަރ
ހަދާނެ ގޮތް:
1. ޑަމްޕްލިންގްގެ ފުށްގަނޑު ހެދުމަށްޓަކައި ބޯތަށްޓަކަށް ¾ ޖޯޑު ފުށް، ¼ ޖޯޑު ކޯން ފްލާ އަދި ¼ ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ސަމުސަލެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ.
2. ދެން 3/1 ޖޯޑު ހޫނު ފެން މީގެ ތެރެއަށް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. އެއަށްފަހު، ފުށްގަނޑު ރަނގަޅަށް އޮމާންވަންދެން އަތުން މޮޑޭށެވެ. ފުށްގަނޑު މޮޑެ ނިމޭއިރު ހުންނަންވާނީ އަތުގައި ތަތްނުލަވާ ވަރަށެވެ.
3. ދެން ފުށްގަނޑު ބޯޅައެއްހެން ވަށްކޮށްލުމަށް ފަހު، ފޮތިކޮޅެއް ނުވަތަ ޕްލާސްޓިކް ވްރެޕް ބޭނުންކޮށްގެން ބޯތަށީގެ މަތި ބަންދުކޮށްލާށެވެ. އަދި 30 މިނެޓް ވަންދެން ބަހައްޓާށެވެ.
4. މިވަގުތުކޮޅުގައި ޑަމްޕްލިންގެ މަސްގަނޑު ތައްޔާރުކުރަން ފަށާށެވެ. މިކަމަށް ފުރަތަމަ 3 ލޮނުމެދާއި 3 ތޮޅި މިރުސް ކުދިކޮށް ކޮށާލާށެވެ.
5. އެއަށްފަހު، ތަވަޔަކަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާފައި ހޫނުކޮށްލާށެވެ. އަދި ހޫނު ވުމުން، 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި އިނގުރު، 3 ލޮނުމެދު، 3 ތޮޅިމިރުސް އަދި 1 ސައިސަމުސާ މަސްޓަރޑް ސީޑް އަޅާލާށެވެ. އަދި މެދު ގިނީގައި 3 މިނެޓް ވަންދެން ނުވަތަ މަސްޓަރޑް ސީޑް އާއި އިނގުރުގެ ވަސް ގަދަޔަށް ދުވަންދެން ކައްކާށެވެ.
6. ދެން 200 ގްރާމް މިންސްޑް ކުކުޅު (އެއްކޮށް ގަނޑު ފިލުވާލާފައި) އަދި ¼ ސައިސަމުސާ ލޮނު މީގެ ތެރެއަށް އަޅާލާށެވެ. 3 މިނެޓް ވަންދެން ނުވަތަ ކުކުޅު އެއްކޮށް ރޯފިލާ ހުދު ކުލައަކަށް ބަދަލު ވަންދެން ކައްކާލާށެވެ.
7. ދެން ކުކުޅުކޮޅު ބޮޑު ބޯތަށްޓަކަށް ނަގާލާށެވެ. އަދި އެއަށް ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޕްރިންގް އަނިއަންގެ ފެހި ބައި އަދި ½ ޖޯޑު ބޮންޑުއެލް ސްވީޓް ކޯން އަޅާލުމަށް ފަހު ސަމުސަލެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ.
8. ދެން ކުރިން އެއްކައިރީގައި ބަހައްޓާލި ފުށްގަނޑު ދެބަޔަކަށް ބަހާލުމަށް ފަހު އެއްބައި އަނބުރާ ތަށްޓަށްލާ މަތި ބަންދުކޮށްލާށެވެ.
9. ދެން ދެވަނަ ބައި 1 އިންޗި ހުންނަވަރުގެ 6 ފުށްގުޅައަށް ބަހާލާށެވެ.
10. ކޮންމެ ބައެއް އޮއްބާލުމަށް ފަހު ފަތިކޮށްލާށެވެ. އަދި ތުނިކޮށް ވަށްކޮށް ދަމާލާށެވެ. ދަމާލާނީ އާންމުކޮށް ރޮށި ދަމާ ވަރަށްވުރެން ތަންކޮޅެއް ބޯކޮށް، 3 ނުވަތަ 4 އިންޗީގެ ފުޅާ މިނަށެވެ. ކޮންމެ ފުށްގުޅައެއްވެސް ދަމާލުމަށްފަހު ތައްޓެއްގައި ފޮތިކޮޅަކުން ނުވަތަ ޕްލާސްޓިކް ވްރެޕްއިން ބަންދުކޮށްލާފައި ބަހައްޓާށެވެ. މިއީ ފުށްގަނޑު ހިކިފައި ހަރު ވިޔަ ނުދިނުމަށެވެ.
11. ދެން ކޮންމެ ފުށްކޮޅެއްގެ މެދަށް 1 މޭޒުމަތީ ސަމުސާ ކައްކާލި ކުކުޅު އަދި ކޯން މަސްގަނޑު ލާށެވެ. އަދި ފުށްކޮޅުގެ އެއް ކަނުގައި ހިފުމަށް ފަހު މެދުން، މަސްގަނޑުގެ މަތިން ފުށްގަނޑު ފަތްޖަހާލާށެވެ. ދެން ކަނުގައި ހިފިކޮޅު ނޫން އަނެން ކޮޅުން ފެށިގެން ފުށްގަނޑު ބައްދަމުން އެކަނާ ހަމައަށް ގެންގޮސް ޑަމްޕްލިންގް ރަނގަޅަށް އެއްކޮށް ބައްދާލާށެވެ. ބޭނުންވާނަމަ ފެންފޮދެއް ލާފައިވެސް ރަނގަޅަށް ފުށްގަނޑު ބައްދާލުމަށް ތަތްކޮށްލެވޭނެއެވެ.
12. ދެން ބާކީ ފުށްގަނޑު ބޭނުންކޮށްގެން ސްޓެޕް 9، 10، އަދި 11 ތަކުރާރުކޮށްލާށެވެ. ނިމޭއިރު ހުންނަން ވާނީ ޖުމްލަ 12 ޑަމްޕްލިންގް ހެދިފައެވެ.
13. ޑަޕްމްލިންގްތައް ކެއްކުމަށްޓަކައި ރަސެލް ހޮބްސް ފުޑް ސްޓީމަރގެ ދެ ސްޓީމިންގް ބާސްކެޓްގެ އަޑީގައި ކުޑަ ތެޔޮފޮދެއް ޕޭސްޓްރީ ބުރުހަކުން ހާކާލާށެވެ.
14. އަދި ކޮންމެ ބާސްކެޓެއްގައި 6 ޑަމްޕްލިންގްސް ދުރުދުރުގައި އަތުރާލާށެވެ.
15. ސްޓީމަރގެ ފެން އަޅާ ބައިގެ މެދާ ހަމައަށް ފެން އަޅާލުމަށް ފަހު 15 މިނެޓް ވަންދެން ޑަމްޕްލިންގްތައް އާވިން ރޯފިލުމަށް ބަހައްޓާށެވެ.
16. ދެން ޑަމްޕްލިންގްއާ ޖަހައިގެން ކާ ސޯސް ހެދުމަށްޓަކައި 2 މޭޒުމަތީ ސަމުސާގެ ތެޔޮ ތަވައެއްގައި ހޫނުކޮށްލާށެވެ. އަދި 3 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދާއި 1 މޭޒުމަތީ ސަމުސާ މުގުރި ރާޅު މިރުސް އަޅާލާށެވެ. ދެން މަޑު ގިނީގައި 2 މިނެޓް ވަންދެން ނުވަތަ ލޮނުމެދުކޮޅަށް މުށިކުލައެއް އަރަންދެން ހަލާލާށެވެ.
17. އެއަށްފަހު 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ އަދި ¼ ޖޯޑު ލައިޓް ސޯޔާ ސޯސް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އިތުރު 2 މިނެޓް ވަންދެން ނުވަތަ ބޮކިއަރަންދެން ކައްކާލާށެވެ.
18. ދެން ކުޑަ ބޯތަށްޓަކަށް ސޯސް އަޅާލުމަށް ފަހު 1 މޭޒުމަތީ ސަމުސާ ވިނެގަރއާ އެއްކޮށްލާށެވެ.
19. ޑަމްޕްލިންގްތައް ރޯފިލުމުން މަޑުމަޑުން ސްޓީމަރއިން ތަށްޓަކަށް ނަގާލާށެވެ. މިހާރު އެހުރީ ސޯސްއާ އެކީ ޖަހާލައިގެން ކާލުމަށް ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.