މިފަހަރު މިއޮތީ މީރު އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ މިލްކް ޝޭކެއް ހަދާނެ ގޮތުގެ ރެސިޕީއެކެވެ.
އަހަރުމެންގެ މި މިލްކް ޝޭކްގެ ތަރިއަކީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ޕިރަމިޑްގެ ފަރާތުން އަހަރުމެންނަށް ލިބުނު މަންޗީސް މިޔުޒިކް ޗޮކްލެޓް ވޭފަރ ކިޔުބްސްއެވެ. މި ރެސިޕީ ކިޔަމުންދާ ގިނަ ފަރާތްތަކަށް އެނގޭނެ ފަދައިން މިޔުޒިކް ވޭފަރ ކިޔުބްސްއަކީ ކުޑަ ފޮނި އެއްޗެއް ކާލަން ބޭނުންވާ ފަހަރު ތަކަށް ނިކަން ކަމުދާ އެއްޗެކެވެ. އަދި މި މިލްކް ޝޭކްގައި އެ މީރު ވޭފަރ ރަހަ މި ގުޅުވާލަނީ ޗޮކްލެޓް އައިސްކްރީމް އާއިއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
90 ގްރާމް މަންޗީސް މިޔުޒިކް ޗޮކްލެޓް ވޭފަރ ކިޔުބްސް (ބައި ޕެކެޓް)
2 ޖޯޑު ފުލް ކްރީމް ކިރު
4 މޭޒުމަތީ ސަމުސާ ހަކުރު
125 އެމްއެލް ޗޮކްލެޓް އައިސްކްރީމް
ހަދާނެ ގޮތް:
1. މަންޗީސް މިޔުޒިކް ޗޮކްލެޓް ވޭފަރ ކިޔުބްސް، ފުލް ކްރީމް ކިރު، ހަކުރު އަދި ޗޮކްލެޓް އައިސްކްރީމް މިކްސަރަށް އަޅާ މިނިޓެއް ވަންދެން ނޫނީ އެއްވެ އޮމާން ވަންދެން ގިރާށެވެ.
2. ދެން ދެ ތަށްޓަށް ބަހާލާށެވެ (ބޭނުމިއްޔާ މައްޗަށް ވިޕިންގް ކްރީމް ކޮޅަކާއި އިތުރު ވޭފަރ ކިޔުބްކޮޅެއް އަޅާލެވިދާނެއެވެ).
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.