މަސް ރޮށި | Lonumedhu

މަސް ރޮށި

 

އަހަރުމެން މަސްރޮށި ހަދަން ބޭނުން ކުރީ ވަޅޯމަހެވެ. ނަމަވެސް ފަސޭހަކޮށްލަށް ބޭނުމިއްޔާ ވަޅޯމަހުގެ ބަދަލުގައި ދަޅުމަސް އެޅިއަސް ރަނގަޅުވާނެއެވެ.

 

މި ރެސްޕީއިން ތައްޔާރުކުރެވޭނީ: 8 މަސްރޮށްޓެވެ.

 

ބޭނުންވާތަކެތި:

 1 ޖޯޑު ވަޅޯމަސް

1/2  ޖޯޑު ހުނި

1/4  ގިތެޔޮ މިރުސް

3  ހިކަނދިފަތް

1  ފިޔާ

1 ލޮނުމެދު

1/4  ލުނބޯ

 1/4  ސައިސަމްސާ ލޮނު (މަސްގަނޑަށް)

1/2 ސައިސަމްސާ ލޮނު (ފުށްގަނޑަށް)

½ 1 ޖޯޑު ފުށް

1 މޭޒުމަތީ ސަމްސާ ތެޔޮ

10 މޭޒުމަތީ ސަމްސާ ހޫނު ފެން

 

ހަދާނެގޮތް:

1. ފިޔައާއި ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ. އަދި ހިކަނދިފަތް ކޮޅުވެސް ކުދިކޮށް ތުނިކޮށް ކޮށާލާށެވެ.

2. އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ.

3. ބޯތައްޓެއްގައި ފިޔާއާއި ހުންޏާއި ހިކަނދިފަތާއި އިނގުރާއި ލޮނުމެދު އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.

4. އެއަށްފަހު މަސްކޮޅު އޭގެ ތެރެއަށް އަޅާ މޮޑެލާށެވެ.

5. ދެން ލުނބޮއާއި ލޮނާއި މިރުސް އަޅައިގެން ރަހަހެޔޮވަރު ކުރަމުން މޮޑޭށެވެ.

6. ފުށް ފުރާނައި އޭގެތެރެއަށް ލޮނުކޮޅު އަޅާލާށެވެ. އަދި ތެޔޮކޮޅުވެސް އަޅާލާށެވެ.

7. ދެން ފުށުގެ ތެރެއަށް މަޑުމަޑުން ފެން އަޅަމުން މޮޑޭށެވެ.

8. ފުށް ރަނގަޅަށް މޮޑެވުމުން ފުށްގަނޑު 8 ބަޔަށް ބަހާލާށެވެ. އަދި މަސްގަނޑުވެސް 8 ބަޔަކަށް ބަހާލާށެވެ.

9. ބައިބައިކުރި ފުށްގަނޑުގެ ތެރެއިން އެކަތިކޮޅު ނަގާ އަތަށް ލުމަށްފަހު ދެއަތުންވަށާ އެއަށް ބޯޅައެއްގެ ބައްޓަން ގެންނާށެވެ. ދެން، އިނގިލިތައް ބޭނުންކޮށްގެން ފަތާކޮށްލާނީއެވެ.

10. މަސްގަނޑުގެ އެކަތިކޮޅު ފަތާކުރި ފުށްގަނޑުގެ ތެރެއަށްލާ އިނގިލިތަކުން ރަނގަޅަށް ފުށްގަނޑު ބައްދާށެވެ.

11. ރޮށިދަމާ އެއްޗަކުން މަސް އަޅާފައިވާ ފުށްގަނޑު އަނެއްކާވެސް ފަތާކޮށްލާށެވެ.

12. 9 އަދި 10 ގައިވާ ގޮތަށް ހަދައިގެން ހުރިހާ މަހަކާއި ފުށެއް ހުސްކޮށްލާށެވެ.

13. ތަވައެއް އުދައި ރަނގަޅަށް ހޫނުވުމުން މަސްރޮށިތައް އޭގެ މަތީގައި އަތުރާލާށެވެ. ދެފުއްވެސް ރަނގަޅަށް ފިހެވެންދެން ފުށުން ޖަހަމުން ފިހާށެވެ.

 

 

ރެސިޕީ ޓެގް: 

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch