
މިއީ ދިވެހި ގޮތަށް ތައްޔާރުކުރާ ކުކުޅު ބިރިޔާނީއެކެވެ. މި ރެސިޕީ ބަލާލާއިރު ދިގުހެން ހީވިޔަސް ތައްޔާރުކޮށް ނިމޭއިރު މީގެ ނަތީޖާ އެހާމެ މީރުވެފައި ފުރިހަމައެވެ. މިއީ އާއިލީ އެއްވުން ތަކަށާއި ހާއްސަ ދުވަސްތަކުގައި ހަދާލަން ރަނގަޅުވާނެ ބިރިޔާނީއެކެވެ.

މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ޕިރަމިޑްގެ ފަރާތުން ލިބިފައިވާ، ޒީބާ ކްލަސިކް ބާސްމަތީ ރައިސް – އޭޖްޑް ރައިސްއެވެ. މިއީ ފުއްތައް ދިގުކޮށް ހުންނަ، އޭޖްޑް ހަނޑުލެކެވެ. އާންމު ހަނޑޫތަކާއި ޚިލާފަށް، މި ހަނޑުލުގެ ފެންބައި މަދުވުމުން، ކައްކާލުމުން ފުއްތައް ވަކިވަކިން މީރު ވަރަކަށް ހަރުކޮށް، ޗަސްނުވެ ހުރެއެވެ. މިހެންކަމުން މިކަހަލަ ބިރިޔާނީ ތަކަށާއި، ޕުލައޯ، އަދި މަންދީ ކަހަލަ ބަތްގަނޑުތައް ހެނދުމަށް މިހަނޑޫ ވަރަށް ފުރިހަމައެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 3 ނުވަތަ 4 މީހުންނަށް ކާލެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކުކުޅު މެރިނޭޓު ކުރުމަށް
3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
½ އިންޗި އިނގުރު ކޮޅެއް
¼ 2 ސައިސަމުސާ މުގުރި ދިރި
½ 1 ސައިސަމުސާ މުގުރި ދަވިއްގަނދު
1 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
¼ 2 ސައިސަމުސާ ތެޅި މިރުސް
3 ކާފޫރުތޮޅި (ބުޑުން ތަންކޮޅެއް ކަފާފައި)
½ އިންޗި ފޮނިތޮށިކޮޅެއް
¾ ސައިސަމުސާ ލޮނު
4 މޭޒުމަތީ ސަމުސާ ފެން
500 ގްރާމް ކޮށާފައި ހުރި ކުކުޅު (ހަން ނޮޅާފައި) (ރިހައަށް ކޮށާވަރަށް)
ތެލުލި ފިޔާގަނޑު ހެދުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
¼ 1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
½ ޖޯޑު ކަނަމަދު
½ ޖޯޑު ހިކިމޭބިސްކަދުރު
ކުކުޅުކޮޅު ކެއްކުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
2 ހިކަނދިފަތް
½ 1 އިންޗި ރާނބާފަތް ކޮޅެއް
3 ކާފޫރުތޮޅި (ބުޑުން ތަންކޮޅެއް ކަފާފައި)
½ އިންޗި ފޮނިތޮށި ކޮޅެއް
3/1 ޖޯޑު ފެން
½ ގިތެޔޮ މިރުސް ކޮޅެއް (ނުވަތަ ބެނުންވާ ވަރަށް ރަހަލާ ވަރަށް)
ބަތްކޮޅު ކެއްކުމަށް
¼ 1 ޖޯޑު ޒީބާ ކްލަސިކް ބާސްމަތީ ރައިސް – އޭޖްޑް ރައިސް
2 ޖޯޑު ފެން
½ 1 އިންޗި ރާނބާފަތް ކޮޅެއް
3 ކާފޫރުތޮޅި
1 މެޒުމަތީ ސަމުސާ ތެޔޮ
¾ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ރީނދޫ
½ އިންޗި ފޮނިތޮށި ކޮޅެއް
ބިރިޔާނީގެ މައްޗަށް އެޅުމަށް
2 ފެނުކެއްކި ބިސް (ހަތަރު ފަޅިއަށް ކޮށާފައި)
½ ސައިސަމުސާ ރޯޒްވޯޓަރ
ހަދާނެގޮތް
1. ކުކުޅުކޮޅު މެރިނޭޓް ކުރުމަށް މިކްސަރަށް 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)، ½ އިންޗި އިނގުރު ކޮޅެއް، ¼ 2 ސައިސަމުސާ މުގުރި ދިރި، ½ 1 ސައިސަމުސާ މުގުރި ދަވިއްގަނދު، 1 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި، ¼ 2 ސައިސަމުސާ ތެޅި މިރުސް، 3 ކާފޫރުތޮޅި (ބުޑުން ތަންކޮޅެއް ކަފާފައި)، ½ އިންޗި ފޮނިތޮށިކޮޅެއް، ¾ ސައިސަމުސާ ލޮނު އަދި 4 މޭޒުމަތީ ސަމުސާ ފެން އަޅާލާށެވެ. އެއަށްފަހު، 15 ނުވަތަ 20 ސިކުންތު ވަންދެން އެއްކޮށް ފުނޑާލުމަށްފަހު، މިކްސަރުގެ އަރިމަތީގައި ހަރުލާފައި ހުރި ސާމާނު ތިރިއަށް ކަހާލުމަށްފަހު، އިތުރު 12 ނުވަތަ 20 ސިކުންތު ވަންދެން ނުވަތަ އޮމާން ވަންދެން ފުނޑާލާށެވެ.
2. ފުނޑާލި ސާމާނު 500 ގްރާމް ކޮށާފައި ހުރި ކުކުޅުގެ (ހަން ނޮޅާފައި) (ރިހައަށް ކޮށާވަރަށް) ވަށާ އުނގުޅާލާށެވެ. ދެން ކުކުޅުކޮޅު ހުރި ތަށި ބަންދުކޮށްފައި ބިރިޔާނީއަށް ބޭނުންވާ ބާކީ ހުރި ސާމާނު ތައްޔާރު ކުރަންދެން މެރިނޭޓު ކުރަން ބަހައްޓާށެވެ.
3. 2 މޭޒުމަތީ ސަމުސާ ތެޔޮ ބޮޑު ތަވަޔަކަށް އަޅާފައި ހޫނުކޮށްލާށެވެ. ހޫނުވުމުން ¼1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި) އަޅާފައި މެދު ގިނީގައި، އިރުއިރުކޮޅާ ހަލަމުން، 5 ނުވަތަ 6 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅަށް ރަން ކުލައެއް އަރަންދެން ކައްކާލާށެވެ.
4. ދެން ½ ޖޯޑު ކަނަމަދާއި ½ ޖޯޑު ހިކިމޭބިސްކަދުރު އަޅާލާށެވެ. ދެން އިތުރު 6 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅަށް ގަދަ މުށި ކުލައެއް އަރަންދެން ކައްކާށެވެ. މާބޮޑަށް ހޫނުވެ، އަނދާހެން ހީވާ ނަމަ ގިނި މަޑުކޮށްލާށެވެ. ކައްކާ ނިމުމުން މި ފިޔާގަނޑު ވަކިން ބަހައްޓާލާށެވެ.
5. ބޮޑު ތެއްޔަކަށް، 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި ހޫނުކޮށްލާށެވެ. ހޫނު ވުމުން 1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)، 2 ހިކަނދިފަތް، ½ 1 އިންޗި ރާނބާފަތް ކޮޅެއް، 3 ކާފޫރުތޮޅި (ބުޑުން ތަންކޮޅެއް ކަފާފައި)، އަދި ½ އިންޗި ފޮނިތޮށި ކޮޅެއް އަޅާލާށެވެ. ގަދަ ގިނީގައި ގާތްގަނޑަކަށް 8 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅަށް މުށި ކުލަ އަރަންދެން ކައްކާލާށެވެ. ދެން ކުރިން މެރިނޭޓުކޮށްލަން ބެހެއްޓި ކުކުޅުކޮޅާއި 3/1 ޖޯޑު ފެން އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް ހަލާލާށެވެ.
6. ދެން ½ ގިތެޔޮ މިރުސް ކޮޅެއް (ނުވަތަ ބެނުންވާ ވަރަށް ރަހަލާ ވަރަށް) އަޅާފައި މަޑުމަޑުން ހުރިހާ އެއްޗެއް ހަލާލާފައި ތެލީގެ މަތި ޖަހާލަށެވެ. މަޑު ގިނީގައި 20 ނުވަތަ 30 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅުގެ ރޯފިލަންދެން ކައްކާލާށެވެ. ރަހަ ބަލާފައި ބޭނުންވާނަމަ އިތުރަށް ރަހަ ހެޔޮވަރުކޮށްލާށެވެ.
7. މި ވަގުތުކޮޅުގައި ¼ 1 ޖޯޑު ޒީބާ ކްލަސިކް ބާސްމަތީ ރައިސް – އޭޖްޑް ރައިސް ރަނގަޅަށް، ފެން ސާފު ވަންދެން ދޮވެލާށެވެ. ބޮޑު ތެއްޔަކަށް ދޮވެލި ހަނޑުލާއި، 2 ޖޯޑު ފެން، ½ 1 އިންޗި ރާނބާފަތް ކޮޅެއް، 3 ކާފޫރުތޮޅި، 1 މެޒުމަތީ ސަމުސާ ތެޔޮ، ¾ ސައިސަމުސާ ލޮނު، ¼ ސައިސަމުސާ ރީނދޫ، އަދި ½ އިންޗި ފޮނިތޮށި ކޮޅެއް އަޅާލާށެވެ.
8. ގަދަ ގިނީގައި 13 މިނެޓު ވަންދެން ނުވަތަ ބޮކިޖަހާ ކެކެންދެން ބަތްކޮޅު ކައްކާށެވެ. އެއަށްފަހު، ގިނި މަޑުކޮށްފައި ތެލީގެ މަތި ޖަހާފައި 2 މިނެޓު ވަންދެން ކައްކާށެވެ. ދެން ތެލީގެ މަތި ނަގާފައި އިތުރު 2 މިނެޓު ވަންދެން، ނުވަތަ ހުރިހާ ފެނެއް ހިނދެންދެން ކައްކާލާށެވެ. އުދުން ނިވާފައި 5 މިނެޓު ވަންދެން ބަތްކޮޅު ބަހައްޓާށެވެ.
9. ބަތް ތެލިން ދެބައިކުޅަ އެއްބައި ބަތް ނަގާފައި ވަކިން ބަހައްޓާށެވެ. ބާކީ ހުރި ބަތްކޮޅު އެއްވަރަށް ތެލީގެ ތެރޭގައި އަތުރާށެވެ.
10. ދެން އޭގެ މަތީގައި ކުރިން ތައްޔާރު ކޮށްލި ކުކުޅުކޮޅުން ބައެއް ފަށަލައަކަށް އަޅާފައި، އަދި ފިޔާ، ކަނަމަދު، އަދި ހިކިމޭބިސްކަދުރު ކޮޅުން އެއްބައި އަޅާލާށެވެ.
11. އެއަށްފަހު، ވަކިން ނަގާލި ބަތްކޮޅު އަނބުރާ ތެއްޔަށް އަޅާފައި އެއްވަރަށް އަތުރާފައި އޭގެ މައްޗަށް ބާކީ ހުރި ކުކުޅުކޮޅާއި ފިޔާ، ކަނަމަދު، އަދި ހިކިމޭބިސްކަދުރު ކޮޅު އަޅާލާށެވެ. އަދި 2 ފެނުކެއްކި ބިސް (ހަތަރު ފަޅިއަށް ކޮށާފައި) މަތީގައި އަތުރާލާށެވެ.
12. ބިރިޔާނީގެ މައްޗަށް ½ ސައިސަމުސާ ރޯޒްވޯޓަރ ބުރުވާލާށެވެ. ދެން ތެލީގެ މަތި ޖަހާފައި އިތުރު 10 މިނެޓު ވަންދެން ވަރަށް މަޑު ގިނީގައި ކައްކާލާށެވެ. އޭރުން ބިޔާނީގެ ރަހަތައް ބޮޑަށް މީރުވެ އެއްވާނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.