ކާށި ޕުޑިންގް | Lonumedhu

ކާށި ޕުޑިންގް

 

ހުނި އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ ފޮނި އެއްޗެހި އަހަރުމެންނަށް ވަރަށްވެސް މީރުވެއެވެ. މިފަހަރު މިއޮތީ ކާށި ޕުޑިންގްގެ ރެސިޕީއެވެ.

 

ޕުޑިންގް ތައްޔާރު ކުރީ: 20 ސެންޓިމީޓަރުގެ ހަތަރެސްކަން ތަބަކެއްގައެވެ.

 

ބޭނުންވާ ތަކެތި:

½ 1 ޖޯޑު ހުނި

2 ޖޯޑު ގެރިކިރު

2 މޭޒުމަތީ ސަމުސާ ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

¼ ސައިސަމުސާ ލޮނު

3 ބިސް

½ މޭޒުމަތީ ސަމުސާ ބަޓަރު (ތަބަކުގައި އުނގުޅަން)

 

ހަދާނެގޮތް:

1. އަވަން 180 ޑިގްރީސް ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ.

2. ޕުޑިންގް ފިހަން ބޭނުން ކުރާނެ ޓްރޭގައި ބަޓަރު ކޮޅު އުނގުޅާލާށެވެ.

3. ބޯތަށްޓެއްގައި ހުންޏާއި ގެރިކިރުކޮޅު އެއްކޮށްލާށެވެ.

4. ދެން އޭގެ ތެރެއަށް ހަކުރާއި، ވެނީލާ އެސެންސާއި، ލޮނުކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

5. ދެން ބިސްކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. ބިސްކޮޅު އަޅާނީ އެހެން އެއްޗެއްގައި ރަނގަޅަށް ގިރާލާފައެވެ.

6. ހުރިހާ އެއްޗެއް ނިކަން ރަނގަޅަށް އެއްކުރާށެވެ.

7. ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.

8. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ބައިންދައިގެން ޕުޑިންގް ފިހާށެވެ. ފިހާނީ ދަތްކޮށްޓިއެއް މެދަށް ހަރާލާފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 20 މިނެޓެވެ. ނަމަވެސް އެކި އަވަނުން ފިހެވޭ ގޮތް ތަވާތު ވާނެއެވެ.

9. ފިހެވުނީމައި އަވަނުން ނަގާށެވެ. އަދި ހިހޫ ވެލީމާ ފޮތިފޮތި ކޮށްލާށެވެ.

އިތުރު ރެސިޕީތައް

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch