ހަވާދުލީ ބިސް | Lonumedhu

ހަވާދުލީ ބިސް

 

ހަވާދުލީ ބިސް ހެދުމަކީ ވަރަށް ބުރަ ކަމެއްހެން ބައެއް މީހުންނަށް ހީވެފައި އޮވެދާނެއެވެ. އެހެންވެ އަހަރުމެންގެ މި ރެސިޕީގެ އިރުޝާދުތައް ހުންނާނީ ބައިބަޔަށް އޮޅުން ނާރާ ގޮތަށް ބަހާލާފައެވެ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުށްގަނޑު މޮޑުމެވެ. ދެން މަސްގަނޑު މޮޑެފައި ފުށްގަނޑުގެ ތެރެއަށް އަޅައިގެން ބިސްތައް ތައްޔާރު ކުރާނީއެވެ. ދެން ހަވާދުގަނޑު ތައްޔާރު ކޮށްފައި ބިސްތައް ފެނުކައްކައިފައި ހަވާދު ގަނޑުގެ ތެރެއަށް ލީމާ އެނިމުނީއެވެ.

އެކި މީހުން ހަވާދުލީ ބިސް ހަދާއިރު އެކި ކަހަލަ ހަވާދު ބޭނުންކޮށް އުޅެއެވެ. އޭގެތެރޭގައި ހަނާކުރި ހަވާދާއި، އައްޑޫ ހަވާދާއި، މިނޫންވެސް ހަވާދުތައް ހިމެނެއެވެ. ބައެއް މީހުން ހަވާދުގަނޑު ހަދާއިރު ހުސް މިރުސްވެސް ބޭނުން ކުރެއެވެ. އެހެންވީމާ މިރެސިޕީ ބަލައިގެން ހަވާދުލީ ބިސް ހަދާއިރު، ބޭނުންވާ ގޮތަކަށް ހަވާދުގަނޑު ހެދިޔަސް ރަނގަޅުވާނެއެވެ.

 

މިރެސިޕީއިން ތައްޔާރު ކުރެވޭނީ: 14 ހަވާދުލީ ބިހެވެ.

 

ފުށްގަނޑު ހެދުން

ބޭނުންވާ ތަކެތި:

½ 1 ޖޯޑު ފުށް

½ ސައިސަމުސާ ލޮނު

¾ މޭޒުމަތީ ސަމުސާ ތެޔޮ

13 މޭޒުމަތީ ސަމުސާ ހޫނު ފެން

ހަދާނެގޮތް:

1. ބޯތަށްޓެއްގައި ފުށާއި ލޮނުކޮޅު އެއްކޮށްލާށެވެ.

2. ދެން ތެޔޮކޮޅު އަޅާ އެއްކޮށްލާށެވެ.

3. މަޑުމަޑުން ފެންފޮދު އަޅަމުން ފުށްގަނޑު މޮޑެން ފަށާށެވެ. ފުށްގަނޑު މޮޑޭނީ އެ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށް އޮންނަ ވަރު ވަންދެނެވެ.

4. މޮޑުނު ފުށްގަނޑު 14 ބަޔަށް ބަހާލާށެވެ. އަދި ކޮންމެ އެތިކޮޅެއްވެސް ވަށްކޮށް ގުޅައެއްގޮތަށް އަތުން ވަށާލާށެވެ.

 

މަސްގަނޑު ހެދުން

ބޭނުންވާ ތަކެތި:

1 ކުޑަ ފިޔާ

¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

3 ހިކަނދިފަތް

½ ޖޯޑު ހުނި

½ ސައިސަމުސާ ގާނާފައިހުރި އިނގުރު

¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

¼ ސައިސަމުސާ މުގުރި އަސޭމިރުސް

½ ލުނބޯ (ނޫނީ ބޭނުން ވަރަކަށް)

1 މަސްދަޅު

¼ ސައިސަމުސާ ރީނދޫ

ހަދާނެގޮތް:

1. ވަރަށް ތުނިކޮށް ފިޔާ ކޮށާށެވެ.

2. ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅުވެސް ތުނިކޮށް ކުދިކޮށް ތުނިކޮށް ކޮށާލާށެވެ.

3. ބޯތަށްޓަކަށް ކޮށި ފިޔައާއި، ހުންޏާއި، އިނގުރާއި، ލޮނާއި، އަސޭމިރުސްކޮޅު އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.

4. ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، މަސްދަޅާއި، ރީނދޫކޮޅު ބޯތަށްޓަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ.

5. ދެން މޮޑުނު މަސްގަނޑުވެސް 14 ބަޔަށް ބަހާލާފައި އެއިން ގުޅަ ވަށާށެވެ.

 

ފުށްގަނޑުގެ ތެރެއަށް މަސްއެޅުން

ހަދާނެގޮތް:

1. މޮޑުނު ފުށްގަނޑުން އެކަތިކޮޅު ނަގާށެވެ. އިނގިލިތައް ބޭނުންކޮށްގެން ކުޑަކޮށް ފަތާކޮށްލާށެވެ.

2. އެއްއަތުގައި ފަތާކުރި ފުށްގަނޑު ބާއްވާފައި އަނެއް އަތުން، މޮޑުނު މަސްކޮޅުން އެކަތިކޮޅު ފުށްގަނޑުގެ މެދުގައި ބާއްވާލާށެވެ.

3. ދެން މަސްގަނޑުގެ ވަށައިގެން ފުށްގަނޑު ލައްޕާލާށެވެ. އަދި ދެއަތް ބޭނުންކޮށް ބިހެއްގެ ބައްޓަން ނިކުންނާނެގޮތަށް ވަށާލާށެވެ. މިހެން ހަދާއިރު ވިސްނާލަންވީ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް، ފުށްގަނޑު ރަނގަޅަށް ބެދިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އެހެންނޫނީ ބިސްކައްކާއިރު ފުށްގަނޑުގެ ތެރެއިން މަސްކޮޅު ނިކުމެގެން ދާނެއެވެ. އަދި މީގެ އިތުރުން ފުށްގަނޑު އެހާ ތުނިކޮށް ހުންނާނެ ގޮތަށް ބިސްތައް ތައްޔާރު ނުކުރުމަކީވެސް ބުއްދިވެރި ކަމަކަށް ވެދާނެއެވެ. މާތުނިކޮށް ތައްޔާރު ކޮށްފައި ހުރެއްޖެނަމަ، ކައްކާއިރު ފަޅައިގެން ހިނގައިދާނެއެވެ.

 

ހަވާދުގަނޑު ކެއްކުން

ބޭނުންވާ ތަކެތި:

1 ފިޔާ

2 މޭޒުމަތީ ސަމުސާ ތެޔޮ

3 އިންޗީގެ ރާނބާފަތްކޮޅެއް

4 ހިކަނދިފަތް

1 ސައިސަމުސާ ގާނާފައިހުރި ލޮނުމެދު

4 ސައިސަމުސާ މުގުރި ކޮތަނބިރި

2 ސައިސަމުސާ މުގުރި ދަވިއްގަނދު

1 ސައިސަމުސާ މުގުރި ދިރި

½ 1 ސައިސަމުސާ މުގުރި ހިކި މިރުސް

3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

½ ޖޯޑު ކާށި ކިރު

1 ޖޯޑު ފެން

½ ސައިސަމުސާ ލޮނު

ހަދާނެގޮތް:

1. ފިޔާ ތުނިކޮށް ކޮށާށެވެ.

2. ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްފައި އޭގެ ތެރެއަށް ކޮށި ފިޔާކޮޅާއި، ހިކަނދިފަތާއި، ރާނބާފަތްކޮޅު އަޅާލާށެވެ.

3. ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާފައި، ދެން ލޮނުމެދުކޮޅު އަޅާ އެއްކޮށްލާށެވެ.

4. ދެން ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކި މިރުސް އަޅާ އެއްކޮށްލާފައި ބައި މިނެޓެއްހާއިރު ކައްކާލާށެވެ.

5. ދެން ޓޮމާޓޯ ޕޭސްޓް އަޅާ އެއްކޮށްލާފައި ކާށިކިރާއި، ލޮނާއި، ފެން އަޅައި އެއްކޮށްލާނީއެވެ. ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.

 

ބިސްތައް ކެއްކުން:

ބޭނުންވާ ތަކެތި:

5 ޖޯޑު ފެން

½ މޭޒުމަތީ ސަމުސާ ތެޔޮ

ހަދާނެގޮތް:

1. ތެއްޔަކަށް އަޅައިގެން ފެންގަނޑު ކައްކާށެވެ.

2. ފެން ގަނޑު ކެކިގަތީމައި މަސްއަޅައިގެން ތައްޔާރު ކުރި ބިސްތައް މަޑުމަޑުން ތެއްޔަށް ލާށެވެ. ތެޔޮކޮޅުވެސް އަޅާލާށެވެ.

3. މެދު ގިނީގައި 15 ވަރަކަށް މިނެޓު ކައްކާލާށެވެ.

 

ބިހުގައި ހަވާދުލުން

ހަދާނެގޮތް:

1. ބިސްތައް ކެކުމުން، ފެންގަނޑުގެ ތެރެއިން ނަގައިފައި ކުރިން ތައްޔާރުކުރި ހަވާދު ގަނޑުގެ ތެރެއަށް ލާށެވެ.

2. ރަނގަޅަށް ބިސްތަކުގެ ބޭރުގައި ހަވާދު އުނގުޅުމަށްޓަކައި ބިސްތައް ހަވާދު ގަނޑުގެ ތެރޭގައި ފުރޮޅާލާ ހަދާށެވެ.

 އިތުރު ރެސިޕީތައް

Advertisement

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Restaurant Reviews

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

Contacts

Keep in Touch